ހަށިވިއްކަމުންދާ 111 ތަނެއް މާލޭގައި އެބަހުރި: އިހުސާން
ސްޕާ އަދި ސެލޫންގެ ނަމުގައި މާލޭގެ 111 ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅު ވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހަށިވިއްކުމާ މަސާޖު ޕާލާތަކުގެ ނަމުގައި މާލޭގައި ހިންގަމުންދާ ތަންތަނާ ބެހޭގޮތުން ބެލި ބެލުމުން، އެފަދަ ގިނަ އަދަދެއްގެ ތަންތަނުގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިއްޖެ 111 ތަން މާލެ އާއި މާލެ ސަރަހައްދުގައި ހިންގަމުންދާކަން މިގޮތަށް ސެލޫންގެ ނަމުގައި، އެހެންނަމަވެސް މިތާތެރޭގައި ޣައިރު ގާނޫނީ އަމަލުތައް ހިންގަމުންދާކަން." މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ތަންތާގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ޓޫރިސްޓް ވިސާގައި މީހުން ރާއްޖެ އެތެރެ ކޮށްގެން ކަމަށެވެ.

އެހެންކަމުން އެފަދަ ތަންތަނާ މެދުގައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެފަދަ ތަންތަނުން ހައްޔަރު ކުރެވޭ ބިދޭސީން ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސެލޫނާއި ސްޕާތަކުގައި ނަމުގައި ހަށިވިއްކުމަކީ މިހާރު މާލޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވިޔަފާރިއެކެވެ. އެފަދަ ތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މީހުން ފުލުހުން ވަނީ މީގެކުރިން ވެސް އެކި ފަހަރު މަތިން ހައްޔަރު ކޮށްފަ އެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި