ދަނޑުގެ މާރާާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލު މެޗުގައި ގަލޮޅު ދަނޑުގައި ހިންގި ހަމަ ނުޖެހުންތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު 3 ވަނަ މީހަކީ އުމުރުން 19 އަހަރުގެ ރ. މަޑުއްވަރި، ރުވާގުގެ، އިބްރާހިމް ނުއައިމް ޝަރުމީލްއެވެ. މީނާގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މީނާގެ މައްޗަށް އުފުލާފައިވަނީ ޖަމާއަތް ހަދައިގެން ބިރުވެރިކަން އުފެދޭ ގޮތަށް މާރާމާރީގައި ބައިވެރިވުމުގެ ތުހުމަތެވެ. 

މި ހަމަނުޖެހުމާއި ގުޅިގެން މީގެ ކުރިންވެސް ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ ދެމީހުންނަކީ އުމުރުން 34 އަހަރުގެ ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފާއި އުމުރުން 21 އަހަރުގެ ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމްއެވެ.

މި ދެމީހުންގެ މައްޗަށް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. 

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި