މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް
25 ރުފިޔާއަށް މަސްގަތީމާ 1.1ބިލިއަން ސްބްސިޑީޒްއަށް
މި ސަރުކާރު އައި ފަހުން މަސްވެރިންނަށް މިހާތަނަށް 422 މިލިއަން ރުފިޔާ ދީފައިވާކަމަށާއި ކުރީ ސަރުކާރުން ކަނޑައެޅި އަގަށް މަސްގަނެފިނަމަ 1.1 ބިލިއަން ސަބްސިޑީޒަށް ދޭންޖެހޭނެކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތު މެމްބަރަކު ކުރެއްވި ސުވާލުގައި ޖަވާނު ދެއްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. އެއީ މަސްވެރިންނަށް ދޭ ތެލާއި މަސްވެރިންނަށް ބޭނުންވާ އައިސްވެސް ހިމެނޭ ގޮތަށްކަމަށެވެ. ސިޔާމް ވިދާޅުވީ މި ސަރުކާރުވެކިކަމާއި ހަވާލުވިއިރު ބޮޑު އަދަދެއް ވާރުވެވެފައި އޮތްކަމަށެވެ. 

"އަޅުގަނޑުމެން މިއަދު ގުނާލާއިރު 270 މިލިއަން މިއަދާއި ހަމައަށް މަސްވެރިންނާއި ނުދެވި އެބައޮތްކަން ފާހަގަކުރެވޭ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއރު 250 އެއްހާ މިލިއަނެއްހާ ރުފުޔާ ނުދީ އޮތް. އެމަނިކުފާނަށް ވާރުތަވެފައި. އެ އުދަނގުލުން ސަލާމަތް ނުވެވިގެން މިއުޅެނީ. މާލަސްތަކެއް ނުވެ އެ އުދަނގުލުން ސަލާމަތްވާނެ،" ޝިޔާމް ވިދަޅުވެއެވެ.

ވަޒީރު ވިދާޅުވީ މިިދިޔަ ސަރުކާރުން މަސްކިލޯއެއް 25 ރުފިޔާއަށް ގަންނަން ބޮޑުކުރަން ނިންމި ނިމުން އޭރު މިފްކޯއިން ހިންގާ ހަރަދުވެސް ނުލާ މަސް ގަންނަން ޖެހުނީ ބާޒާރުގައި ހުރި އަގަށްވުރެ 2 ރުފިޔާ ގެއްލުމުގައިކަމަށެވެ. އަދި މިފްކޯގެ ހަރަދަށް 35 އިންސައްތަ ލުމުން އެއީ 11 ރުފިޔާ ގެއްލުމުގައިކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި އެ އަގުގައި މަސް ގަންނަމަ 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭންޖެހޭނެކަމަށާއި އެއީ މިވަގުތު ދައުލަތުގެ އާމްދަނީ ހުރި ގޮތުން ވާނެކަމެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

" ދައުލަތުގެ އާމްދަނީ ހުރި ގޮތުން ދިވެހި ދައުލަތަށް ވަރަށް ބޮޑު ބުރައަކަސް ވާނެ އެ އަގުގައި މަސްގަނެ ސަބްސިޑީޒްއެް ދޭންޖެހޭ. 2024 ވަނަ އަހަރު އެ އަގުގައި މަސް ގަނެފިނަމަ އަންދާޒާކުރެވޭ 1.1 ބިލިއަން ސަބްސިޑީޒް މިފްކޯއަށް ދޭންޖެހޭނެ." ވަޒީރު ސިޔާމް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އިންތިހާބާއި ދިމާކޮށް މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ނުކޮށްކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެ ގޮތުން އޭރު ދުނިޔޭގެ ބާޒާރުގައި މަސްކިލޯއެއް އަގު ހުރީ 22 ރުފިޔާއަށެވެ.

މަސްކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރަން ކުރީ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ވަނަދުވަހުއެވެ. މަސްގަންނަ އަގު ބޮޑުކުރީ ރާއްޖެއިން އިނގިރޭސިވިލާތާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ޔަގީންވެފައިވާތީކަމަށް އޭރު ބުނެއެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި