ފުލުހުންނަށް އިންޒާރުދީ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްްޔަރުކޮށްފި
ފުލުހުންނަށް އިންޒާރުދީ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކޮށްފި އެވެ.

މިރޭ ފުލުހުން ބުނީ ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ބާރު ނެތް ކަމަށް ދޭހަވާ ގޮތަށް އަދި ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ދައުރުވަމުން އަންނަ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް އަދި އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިވުމާ ގުޅިގެން އެމީހާ ހައްޔަރު ކުރުމުގެ ކުޑައިރުކޮޅެއް ކުރި ކަމަށް ފުލުހުން ބުނެއެވެ.

‏މިހާރު އެމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި