އެމްޓީސީސީ ރޯދަ ޕޮރޮމޯ ފަށައިފި
މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން އެމްޓީސީސީން ކުރިއަށްގެންދާ "ރޯދަ ޕްރޮމޯ 2024" ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މެރިން އެކްސްޕޯ 2024 ގެ ތެރެއިން އިއްޔެ މި ޕްރޮމޯޝަން އިފްތިތާހްކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ޕްރޮމޯޝަންގައި މަގްސަދަކީ ޑިސްކައުންޓްތަކާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ގަނެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި އަހަރުގެ ރޯދަ ޕްރޮމޯ އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖީނިއަރުންނާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

އެމްޓީސީސީގެ ރޯދަ ޕްރޮމޯގެ ތެރެއިން ސުޒުކީ އިންޖީނާއި، ޔަންމާ ޖެންސެޓްސްއާއި، ސްޓާން އައިޓަމްސް އާއި، ސްކޮޓް ބޭޑާ ރެސިން އާއި، ސްކޮޓް ބޭޑާ ޖެލްކޯޓްސް، ސްޕެއާ ޕާޓްސް، އެކްސަސަރީސްގެ އިތުރުން އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކެންްޓްސް ފަދަ ޕްރޮޑަކްޓަތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެއިތުރުން މި ޕްރޮމޯޝަންގައި 5000 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކާއެކު ކޫޕަނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، ދެ މީހުންގެ އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ހާއްސަ ޑިސްކައުންޓްތަކާއި އަގުހުރި އިނާމު ކަނޑައަޅާފައިވާ ރޯދަ ޕްރޮމޯ 2024 ކުރިއަށްދާނީ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި