ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެ
ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ސީއެންއެމް" އަށް ބުނި ގޮތުގައި ރޯވެފައިވަނީ ކޮންޓެއިނަރަކުން ހަދާފައި ހުރި ގުދަނެއްގައި ކަމަށެވެ.

މި ހާދިސާ ހިނގީ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މޮހަން މުތާ ކުންފުނީގެ މަސައްކަތްތެރިންތަކެއް ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެތާނގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ބުނެފައިވެ އެވެ.

އެގޮތުން ރޯވެ ހުޅުހިފާފައިވަނީ ގުދަނުގައި ހުރި ހާޑްވެއާ ސާމާނުތަކެއްގައި ކަމަށައި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި