ބެޓީކްރޮކާސްގެ ބައެއް ބާވަތްތައް ބޭނުން ނުކުރަން އަންގައިފި:އެމްއެފްޑީއޭ
ބެޓީކްރޮކާސް ގެ ބައެއް ބާވަތްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބެޓީކްރޮކަސް ގެ ބައެއް ބާވަތްތައް ބޭނުން ނުކުރަން އަންގާފައިވަނީ ބެޓީ ކްރޮކަ ސުޕަ މޮއިސްޓް ކޭކު މިކްސް، ޗޮކްލެޓް ފަޖް ޕެކެޓުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތަކުން ހުޅަހެޅުމުން އެ އިދާރާއިން ކުރި ތަހުލީލުތަކުން  ލަމްޕް ނުވަތަ ގަނޑުލައި އުކުނު ފަދަ ދިރޭ ކުދި ސޫފިން ތަގައްޔަރުވެފައިވާ ކަމަށް ދެއްކުމުންނެވެ.

your imageއެމްއެފްޑީއޭ ގެ ބަޔާން

ބޭނުން ނުކުރުމަށް އަންގާފައިވަނީ 2 ބާވަތެކެވެ.

  • ބެޓީ ކްރޮކާ ސުޕާ މޮއިސްޓް ޗޮކޮލެޓް ފަޑްޖް( މުއްދަތު ހަމަވާ ތާރީހު: 18 މާރޗް 2024)
  • ބެޓީ ކްރޮކާ ސުޕާ މޮއިސްޓް މޮއިސްޓް މިލްކް ޗޮކޮލެޓް(މުއްދަތު ހަމަވާ ތާރީހު: 13 އޭޕްރީލް 2024)

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރޮޓީ އިން ވަނީ ހުސްވި މަހުގައި ޓޮބްލެރޯން ޗޮކްލެޓް ތަކެއް ޕްލާސްޓިކުން ތަގައްޔަރުވެފައިވާތީ ނުކެއުމަށް އަންގާފައިވީއިރު އެ ޗޮކްލެޓު އުފައްދާ މެޝިނައް ދިމާވި މައްސަލައަކާއި ގުޅިގެން ދިމާވިކަމެއްކަމަށް އެމްއެފްޑީއޭއިން ބުނެ އެެވެ. 


0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި