ބީބީއެންޖޭގައި ރާއްޖެއިން ބައިވެރިވާާން މަޖިލިހުގެ ރުހުމަށް އެދެނީ
ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އދ ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ބީބީއެންޖޭ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމަށް ރުހުމަށް އެދެން ނިންމީ ވަޒީރުންގެ މަޖިލިހުން އެކަމަށް ލަފާދެއްވާފައިވާތީ އެވެ.

އެ މުއާހަދާގައި ބައިވެރިވުމަށް ކަރުދާސް ހުށަހަޅާފައި ވަނީ ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީންނެެވެ.

ބީބީއެންޖޭ މުއާހަދާގެ މަގުސަދަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމެވެ. މިއީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ މުހިއްމު ބައިނަލްއަގްވާމީ މުއާހަދާއެކެވެ.

ބީބީއެންޖޭ މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ގައުމަކުން ވަނީ ސޮއިކޮށްފަ އެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި