ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކިނބި ލައުންޖްގެ ހިދުމަތް ލިބޭނެ
އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލ. ކައްދޫ އެއަރޕޯޓުގައި ހުންނަ ޕްރީމިއަމް ލައުންޖު 'ކިނބި ލައުންޖުން' ހިދުމަތް ލިބިގެންދާނެއެވެ.

ކިނބި ލައުންޖަކީ ކައްދޫ އެއާރޕޯޓުން ދަތުރު ކުރާ ފަތުރުވެރިންގެ ތެރެއިން ޕްރީމިއަމް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާ ލައުންޖެކެވެ. އަދި މި ލައުންޖުން ލ. އަތޮޅުގެ އެންމެ ބޮޑު ކިނބި ވައު ފެންނާނެއެވެ.  

ކްލަބް ޕްރިމިއާ އަކީ އުރީދޫ މޯލްޑިވްސްގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމްއެކެވެ. 

ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ

 ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫއިން 2015 ގައި ތައާރަފްކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ.

 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
100%
ދެރަވި
0%
ރުޅިއައި