ނިމުނު އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ ދިރާގަށް މިދިޔަ 2023 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއީ 2022 ވަނަ އަހަރު ދިރާގަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 1.9 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރު އެ ކުންފުންޏަށް ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިދިޔަ އަހަރު ނިމުނުއިރު މޯބައިލް ހިދުމަތްތަކުން ދިރާގަށް 1.3 ބިލިއަން ރުފިޔާ، އަދި ފިކްސްޑް ބްރޯންޑްބޭންޑް އެންޑް އެންޓަޕްރައިސްއިން 1.1 ބިލިއަން ރުފިޔާ އާމްދަނީއެ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުން ހާމަވެ އެވެ.

މީގެއިތުރުން ފާއިތުވި 2023 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދަށް ވަނީ 1.1 ބިލިއަން ރުފިޔާ އަރާފަ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ވަނީ 896 މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ.

ނަމަވެސް 2022 ވަނަ އަހަރު ދިރާގުގެ ހިންގުމުގެހަރަދު 1.1 ބިލިއަން ރުފިޔާގައި ހުރިއިރު، އަދި އެ އަހަރު ނިމުނު އިރު އެ ކުންފުންޏަށް ލިބިފައިވަނީ 909 މިލިއަން ރުފިޔާގެ ފައިދާއެއް ކަމަށް ދިރާގުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި