ފޮޓޯ: އުރީދޫ
މޫލީން ގެލެކްސީ އެސް24 ފޯނު ޕްރިއޯޑާ ކުރި ކަސްޓަމަރުންނަށް ޑެލިވަރީތައް ފަށައިފި
އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް -- މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށައިފި އެވެ.

މޫލީއިން ސެމްސަންގ ގެލެކްސީ އެސް24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ 19 ޖެނުއަރީ 2024 ވަނަ ދުވަހުގެ 00:00 ގައެވެ.

އެސް24 ފޯނު ބައްލަވައިގަންނަ ކަސްޓަމަރުންނަށް މި އޮފަރ ގެ ދަށުން ލިބޭ ފައިދާތަކަކީ:  

  1. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް

  2. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ

  3. އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފަރ

  4. އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފަރ

  5. ފުރަތަމަ ޕްރީ އޯޑާ ކުރާ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗަރ 

އުރީދޫއިން ބުނީ، އެ ކުންފުނިން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ މި ދާއިރާގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި