އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއަކީ ނޯމަލައިޒޭޝަންގެ ފެށުން!
ލީގް ޗެމްޕިޔަން މާޒިއާއިން ގޮވާލި އެކްސްޓްރާ އޯޑިނަރީ ކޮންގެރެސް އަކީ އުއްމީދީ އިސް ނެގުމެކެވެ. އެފްއޭއެމުގެ ރައީސް ބައްސާމް ހިންގާ "ބަގާވާތަ"ކީ އާޓިކަލް 27 ގެ (2) ގެދަށުން، ނެތް ބާރު ބޭނުންކޮށް، ބާއްވަން އުޅޭ އިންތިހާބެކެވެ. ބައްސާމް މަސައްކަތްކުރަނީ އަހަރު ދެބައިނުވަނީސް، އޮޅުވާލައިގެން، އިންތިހާބު އަވަސްކޮށް، ފުލުފުލުގައި ކޮންގްރެސް ތާވަލް ކުރާށެވެ. ސްޕޯޓްސް ކޮމިޝަނަރު ފުރަތަމައިނުން ވެސް ފާހަގަކުރެއްވީ މިނުކުތާ އެވެ.

ބައްސާމް ފަޅިއަށް އެއްވީ 13 ވޯޓެވެ. އެއީ އެއް ވަނަ ޑިވިޒަންގެ ފަސް ކްލަބާއި، ދެ ވަނަ ޑިވިޒަންގެ ތިން ކްލަބެވެ. ސަރުކާރު ފަޅިއަށް ވެސް އެއްވީ ވެސް 13 ވޯޓެވެ. އެއީ އެއް ވަނަ ޑިވިޒަންގެ ތިން ކްލަބާ، ދެ ވަނަ ޑިވިޒަންގެ ހަތް ކްލަބްގެ ވޯޓެވެ. ދެބައި އެއްވަރުވީ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްއަކަށް މާޒިއާއިން ގޮވާލީ އާޓިކަލް 29 ގެ (2) ގެދަށުންނެވެ. އެމާއްދާގައި ބުނާގޮތުން މިފަދަ ހުށަހެޅުމެއްގެ ފަހަތުގައި ކޮންގްރެސްގެ މެޖޯރިޓީއެއް އޮންނަންޖެހެ އެވެ. މާޒިޔާއަކަށް ވެސް މެޖޯރިޓީއެއް ނުލިބުނެވެ. ވީމާ ދެންޖެހޭނީ އެ މާއްދާގައި ބުނާގޮތަށް އޭއެފްސީ އާއި ފީފާގެ އެހީ ހޯދާށެވެ.

މިވީ ކިހިނެތް؟

މިވީގޮތަކީ، އެއް ކެންޑިޑޭޓް ޑިސްކޮލިފައި ކުރުމުން، އޭނާ ރައްދު ދިނީ އެވެ. ކެންޑިޑޭޓް ތޯރިގް ޑިސްކޮލިފައި ކުރީ އިލެކްޓޯރަލްކޯޑާ ހިލާފަށްކަމަށް ފީފާގައި ޝަކުވާ އުފުލުމަށް ފަހު، ސީދާ ހަރަކާތަށް ނިކުމެ، ޕްރޯ އެކްޓިވްކޮށް ރައްދު ދިނީ އެވެ. އާޓިކަލް 29 ގެދަށުން މާޒިޔާއިން އިސް ނަގާ އެކްސްޓްރާއޯޑިނަރީ ކޮންގެރެސްއެއްގެ ކައުންޓަ ޕްރޮޕޯސަލްއެއް ހުށަހެޅީ އެވެ.

މި ވަގުތަކީ، މި ކައުންޓަ ޕްރޮޕޯސަލްގެ ނަތީޖާއާ މެދު ފުންކޮށް ވިސްނާލުން ބޭނުންތެރި ވަގުތެކެވެ. 13 ވޯޓާ އެކު މިހުށަހެޅި ކައުންޓަ ޕްރޮޕޯސަލްގެ ސަބަބުން މިކަށަވަރުވީ، މިހާތަނަށް، އެފްއޭއެމުން ހިންގި ހުރިހާ އިންތިހާބެއް ވެސް ހިންގާފައިވަނީ ވޯޓް އޮޅުވާލައިގެންކަމެވެ. ސްޓެޓިއުއްޓްސް އިން ބުނަނީ 13 ވޯޓަކީ މެޖޯޓީއެއް ނޫންކަމަށެވެ. އާޓިކަލް 22 ގެ ޕެރެގްރާފް 1 ގެ c ގައި ވާގޮތުން ޒޯންތަކަށް ލިބިފައިވާ ނުވަ ވޯޓް ގުނަންޖެހެ އެވެ، ވީމާ މިވީގޮތަކީ، ޒޯން ވޯޓަށް އެދެން މަޖުބޫރުވީ އެވެ. މާލޭ ކްލަބްތައް އެއްވަރުވުމުން، ޑެޑްލޮކް ނައްޓާލާ "ކިންގް މޭކަ" އަށް މިފަހަރު ވީ ޒޯން ވޯޓު ކަމަށް ވީ އެވެ!

your imageޝަވީދު އަދި ކުރީގެ ކޮމިޝަނަރ ޑޭވް

އެފްއޭއެމް ހިންގަނީ، އެޖަމިއްޔާގެ މެމްބަރުންގެ ވޯޓުން ވައްކަންކޮށްގެން ކަމާ، ހުރިހާ މެމްބަރުންނަށް ވޯޓްލުމުގެ ހައްގު ނުދޭކަމަށް މިހާތަނަށް ކުރެވެމުން އައި ތުހުމަތު މިހާދިސާއިން ކަށަވަރު ކުރެވުނީ އެވެ. ދެ ރަކަމަކީ، ދެ ކެންޑިޑޭޓުން ވެސް ގަބޫލު ކުރަނީ ފުޓުބޯޅަ އެސޯސިއޭޝަން ހިންގަނީ ހަމައެކަނި މާލޭގެ 18 ކްލަބްގެ 26 ވޯޓްގެ މެޖޯތިޓީއަށްވާ 14 ވޯޓުންކަމަށެވެ. މިއީ ބޮޑު ދޮގެކެވެ!

އިތުރު ތަފްސީލް - ސްޓެޓިއުޓްސްގެ 22 ވަނަ މާއްދާއިން އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް އޮންނަނީ ތަފްސީލްކޮށްދީފަ އެވެ. 44 ވޯޓް އޮތް އިލެކްޓޯރަލް ކޮލެޖް ވަނީ 2016 ވަނަ އަހަރު 35 ޥޯޓަށް މަދުކޮށްފައެވެ. އާޓިކަލް 83 ގެ ފެރެގްރާފް (1) ކިޔުއްވުމުން މިކަން ވެފައިއޮތްގޮތް އޮޅުންފިލާނެ އެވެ. އެފްއޭއެމްގެ އިލެކްތޯރަލް ކޮލެޖް 44 ން 35 ށް މަދު ކުރީ އެންމެ ފަހުގެ އިންޓަރިމް ކޮމިޓީ ޗެއާ ގައި ބައްސާމްގެ "އެޑްވައިޒަރު" މުހަންމަދު ޝަވީދު އިންނަވައިގެނެވެ.   

ދެންވާނީ ކިހިނެތް؟

މާޒިޔާއިން، ރައްދެއްގެގޮތުގައި އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްއަކަށް ގޮވުމުން، ބައްސާމް "ބަގާވާތް" މިހާރު މިއޮތީ ފޭލްވާ އަތަށް އަޅާފަ އެވެ. ބައްސާމް "ބަގާވާތް" ފޭލް ވަނީ، މާޒިޔާގެ ހުށަހެޅުމުގެ ސަބަބުންނެވެ. ރެފްރީއެއްގޮތުގައި، އޭއެފްސީ/ފީފާ ވަދެވޭގޮތަށް އެމާއްދާގައި ތަފްސީލްކޮށްފައިވާތީ އެވެ. އަދި މި މާއްދާގެ ދަށުން މާޒިޔާއަށް މިކަމަށް އެދެންޖެހެ އެވެ.

މާޒިއާއިން މިކަމަށް އެދުމުން، އޭއެފްސީ އާއި ފީފާއިން އަމަލު ކުރާނެ އިޖްރާއްތަތަކުގެތެރެއިން ޔަގީންވާ އެއް އިޖްރާއް އެބައޮތެވެ. އެއީ އެފަރާތުގެ ބެލުމުގެ ދަށުން އެފްއޭއެމްގެ ކޮންގެރެސް ދެން ކުރިއަށް ގެންދާނީ، ސްޓެޓިއުޓްސް އާއި އެއްގޮތަށް އަކުރުން އަކުރަށް ކަމަށް އުއްމީދު ކުރެވޭތީ އެވެ. ސްޓެޓިއުޓްސްގެ ދަށުން ކޮންގްރެސް ކުރިއަށްގެންދަން ބަލާއިރު ކުރިމަތިލާންޖެހޭ އެތައް މައަސަލަތަކެއް މިފަހަރު ތިލަވާނެކަމަށް ލަފާކުރެވެ އެވެ. މިގޮތުން މިވަގުތު، މުހިންމު ދެ ކަމެއް ފާހަގަކޮށްލެވެ އެވެ.

  • ޒޯންވޯޓްތަކަށް ވީގޮތް އޮޅުންފިލުވަން މަޖުބޫރުވުން - އިލެކްޓޯރަލް ކޮލެޖް ކަށަވަރު ކުރަންޖެހުމުން ޒޯންގެ ބައުންޑަރީ އާއި، ޒޯން ތަމްސީލް ކުރާ، މަންދޫބު ހޮވަނީ ކިހިނެއްތޯ އޮޅުންފިލުވަންޖެހެ އެވެ. ސްޓެޓިއުޓްސްގެ 22 ވަނަ މާއްދާގެ ޕެރެގަރާފް (1) ގެ c ގައި އެބުނާ މަންދޫބު ހޮވަނީ ކިހިނެއްތޯ އޮޅުންފިލުވަންޖެހެ އެވެ.
  • މާލޭ ކްލަބް ކާޓެލް އެކްސްޕޯޒްވުން - ޒޯން މަންދޫބުންގެ ވޯޓް ސިއްރުކޮށް "މާލޭކްލަބް ކާޓެލް" އަކުން އެފްއޭއެމް ހިސޯރުކޮށްފައި އޮތްގޮތް އޭއެފްސީ/ފީފާ އަށް ސާފުވުމުން، ޖަމިއްޔާގެ އިލެކްޓޯރަލް ކޮލެޖާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހުން ގާތްކަމަށް ފެނެއެވެ.
  • "މާލޭކްލަބްކާޓެލް" އަކުން އެފްއޭއެމް ކޮންޓްރޯލްކުރާގޮތް މިފަހަރު، އޭއެފްސީ/ފީފާ އަށް ސާފުވުމުން، އެފްއޭއެމްގެ އިލެކްޓޯރަލްކޮލެޖާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭނެކަމަށް ފެނެއެވެ.

ފީފާ ގެ ރައްދު!

ޑިސްކޮލިފައިކުރި ކެންޑިޑޭޓް ފީފާ އަށް މައްސަލަ ހުށެހެޅީ މިހަފްތާ ފެށުނުއިރު އެވެ. ފީފާ ގެ މެމްބަރު ނެޝަނަލް އެސޯސިއޭޝަން އެއްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓެއް ޑިސްކޮލިފައި ކުރުމަކީ، ފީފާ އިން ލުއިކޮށް ނަގާނެކަމެއް ނޫނެވެ. ވީމާ އުއްމީދު ކުރެވެނީ މިހަފްތާ ނިމޭއިރު ފީފާއިން ވެސް ހަބަރެއް ވާނެކަމަށެވެ.

މިޢި ސްޕޯޓްސް ކޮމިޝަނަރު އާއި ފީފާ އާ އެކު ހަރަކާތްތެރިވާންވީ ވަގުތެވެ. ފީފާ އިން ބަލާނީ ބައްސާމް ކެންޑިޑޭޓް، ސަރުކާރު ކެންޑިޑޭޓަކަށް ނޫނެވެ. ފުޓުބޯޅައަށް އެންމެ ރަނގަޅު ގޮތެވެ. އެއީ ރައްޔިތުންގެ ސަރުކާރުން ވެސް އެދޭނެ ގޮތެވެ.

އެޑިޓަރުގެ ނޯޓް

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ޕޮލީސްބޯޑްގެ މެމްބަރުކަމުގެއިތުރުން، ނޭޝަނަލް ސްކިލްޑިވެލޮޕްމަންޓް އޮތޯރިޓީގެ ސޯޝަލް ސެކްޓަރ ކައުންސިލަގައި، ސްޕޯޓްސް ސައިންސްގެ އިލްމް ތަމްސީލްކޮށްދޭ މެމްބަރެއްވެސް މެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި