ބިދޭސީންގެ އިތުރުވުން، ރާއްޖޭއަށް ބޮޑު ނުރައްކަލެއް؟
ދިވެހި ރާއްޖޭގައި ބިދޭސީން އިތުރުވުމަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް "މައްސަލަ" އެވެ.

ފިހާރަޔަކަށް ވަނަސް ކެފޭއަކަށް ވަނަސް ނުވަތަ ބޯކޮށާތަކަށް ވަނަސް ހަމަ ފެނިގެންދަނީ އެތަންތާގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަތަނެވެ. ދެން ބަލާލަން ޖެހެނީ އިމާރާތް ކުރުމުގެ ދާއިރާ ނުވަތަ އެހެންވެސް ބުރަ މަސައްކަތް ކުރާ ދާއިރާތަކަށެވެ. އެ ފަދަ ކޮންމެ ތަނަކަށް ބަލާލިޔަސް ހަމަ ފެނިގެންދަނީ ހަމަ އެއްކަލަ ބިދޭސީ މީހާ އެތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމެވެ.

ބިދޭސީން ގެންގުޅޭ މީހުންނާއި އެކު ދެކުވުޏޫ ވާހަކަތަކުން ސާފުވީ މި ކަހަލަ ބުރަބޮޑު މަސައްކަތްކުރާނެ ދިވެހިން ނުވާކަމަށާއި ނަމަވެސް އެ މީހުންނައް ދޭން ޖެހޭ އުޖޫރައަކީ ބިދޭސީންނައް ދޭން އުޖޫރައަށް ވުރެން އެތަށް ގުނައެއް ބޮޑު އުޖޫރައެއްކަމުގަ އެވެ. 

މީގެ އިތުރުން ގިނަ ފަހަރަށް ދިވެއްސަކާއި މިކަހަލަ ބުރަ ބޮޑު މަސައްކަތެއް ހަވާލުކޮށްފިނަމަ އޭނާ "ބަލި" ވާ ދުވަސް ގިނަ ކަމުން ކުރަންޖެހޭ މަސައްކަތް ނިންމާލަން އެތަށް ދުވަހެއް ނަގާކަމަށްވެސް އެ މީހުން ފާހަގަ ކުރެއެވެ. އެ މީހުން އިތުރަށް ބުނާ ގޮތުގައި ދިވެހިން ގެ ވިސްނުން ހުންނަ ގޮތުން ވަކި ކަހަލަ މަސައްކަތެއް ނުވަތަ ވަކި ކަހަލަ ކަމެއް ކުރުމުން އޭނާ އަގު ވެއްޓޭކަމަށް ދިވެހިން ގަބޫލު ކުރާކަމުގަ އެވެ. 

your imageބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:އިކޮނޮމިިކް މިނިސްޓްރީ

މީގެ ތެރެއިން ގިނަ ބޭރު މީހުންނަކީ ގަވާއިދާ ހިލާފަ ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހުންކަމީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ މި މީހުން އެތެރެ ކުރާ ކުންފުނިތަކުން އެކި ސަބަބުތަކާއި ހެދި މި މީހުންގެ ވިސާ އާނުކޮށް ބެހުއްޓުމާއި މަސައްކަތް ނިމުމުން އެ މީހުންނައް އެއްވެސް ވަރަކަށް އަޅާނުލާ އެ މީހުން ދޫކޮށްލުމެވެ. މަދުން ނަމަވެސް އޭނާ ގެންނަ ކުންފުންޏައް ނުވަތަ މީހާ އަށް ފިލާއިގެން އުޅޭ ބިދޭސީން އުޅޭކަމަކީ އެންމެނައް ވެސް ހާމަވެފައިވާ ބޮޑު ސިއްރެކެވެ. 

ބަޔެއް ބިދޭސީން ދިވެހިންގެ ނަމުގައި ވިޔަފާރި ފަށާ އޭގެން ހޯދާ މަންފާއިން މުއްސަދިވެގެން ގޮސްފައިވެސް އެބަހުރި އެވެ. މިކަމުގެ ސަބަބުން ދިވެހިންގެ އެތައް ބަޔަކަށް ހުޅުވިފައިވާ ވިޔަފާރި ކުރުމުގެ ފުރުސަތުވެސް ހަނިވެގެން ދެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގައި ރޯލްވާންޖެހޭ އެތަށް ބޭރު ފައިސާއެއް މި މީހުންގެ ސަބަބުން ރާއްޖޭން ބޭރު ވާކަމީ ހިތާމަހުރި ކަމެކެވެ. 

ދިވެހިންގެ ގިނަ ޒުވާނުންބޭނުން ވަނީ އަރާމު ގޮނޑީގައި ފިނި ކުރި ކޮޓަރީގައި ތިބެގެން އަރާމުގައި ތިބެގެން ކުރެވޭ މަސައްކަތްކުރުމަށްކަމީ ހިތާމަ ހުރި އެހެނަސް ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ. ގަބޫލުކުރަންޖެހޭކަމަކީ ވަކި މަސައްކަތެއްކޮށްގެން މީހާގެ އަގު ވެއްޓޭކަމަށް ވިސްނާ ވިސްނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ. 

ބިދޭސީގެ އަދަދު ރާއްޖޭގައި އަދި ހާއްސަކޮށް މާލޭަގައި ގިނަވެގެން ގޮސްފައިވަނީ ހަމަ ދިވެހިންގެ ތެރޭގައި ގިނަވެގެން ގޮސްފައިވާ ކަންނެތްކަމާއި ކަންފަސޭހަ ކަމުގެ ސަބަބުން ނެވެ.

your imageރާއްޖޭގައި ދިރިއުޅޭ ބިދޭސީން: އަދިވެސް އިތުރު ބިދޭސީން ބޭނުންވާކަމަށް ނައިބްރައީސް ފައިސަލް ނަސީމް މިއަދު ވަނީ ވިދާޅުވެފަ.

ދެން ބަލާލަން ޖެހޭނީ މި ބިދޭސީންގެ ސަބަބުން ދިވެހި މުޖްތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކަށެވެ. މިގޮތުން އެންމެ ފުރަތަަމަ ކަމަކަށް މި މީހުންގެ ސަބަބުން ދިވެހިންގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް އަސަރުކުރާކަމީ ވަރަށް ބޮޑު މައްސަލަ އެކެވެ. ސަބަބަކީ ބިދޭސީންގެ ގިނަ މީހުންނަކީ އެއްވެސް ވަރަކަށް ސާފުތާހިރުކަމަށް އިސްކަންދޭބަޔެއް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނައް ވާ އުނދަގޫވެސް އެހާ ބޮޑެވެ. 

ދެން ބަލާލަން ޖެހެނީ މި ބިދޭސީންގެ ސަބަބުން އާންމު ރައްޔިތުންނައް ބަޔެއް ފަހަރު ކުރިމަތިވާ ނުރައްކާތެރި ކަމަށެވެ. އެ ގޮތުން ވަރަށް ގިނަ ފަހަރު މި ބިދޭސީން "ގްރޫޕް" ހަދާއިގެން މާރާމާރީ ހިންގުމާއި މަސްތުވާ ތަކެތި ބޭނުންކޮށް އެ ވިއްކާ ހެދުމާއި ކުޑަ ކުދިންނަށް އަދި އަންހެނުންނައް ޖިންސީ ފުރަސާރަ ނުވަތަ ޖިންސީ ގޯނާ ކުރުމާއި ވައްކަން ކުރުމަކީ އާންމުކޮށްދިމާވާ މައްސަލައެކެވެ.

މިކަން ހައްލުކުރަން ސަރުކާރުން ކިތަންމެ ބައިވަރު ފިޔަވަޅެއް އެޅިކަމުގައި ވިޔަސް އެ މީހުންގެންނަ ކުންފުނިތަކުން ނުވަތަ ބަޔަކު އެ މީހުން ގެނެއުމުގައި މަކަރުވެރިކަން ގެންގުޅުމުގެ ސަބަބުން ދިވެހިންނައް ލިބެންޖެހޭ ކިތަންމެ އެއްޗެއް މި ވަނީ ދިވެހިން އަތުން ގެއްލިފައި އެވެ. އަދި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ކުރިޔަށް އޮތްތަނުގައި ލިބޭ ދެރަ އަދި މާބޮޑުވާނެ ކަމަކީ ސައްކެއް އޮތް ކަމެއް ނޫނެވެ. 

ރައްކާވެ ތިބިއްޔާ ދަތުރެވެ.  

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި