ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމައަށް ދޫކޮށްފައިވާ ބިންތަކާއި ފްލެޓުތައް އެގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަަމަށެވެ.
އެހެންނަމަވެސް އިންތިހާބުގެ ކުރިން ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަމެއް ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެންމެފަހުން ދޫކޮށްފައިވާ ފްލެޓު ލިސްޓުގެ ކަންކަން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކޮމިޝަނުގެ ލަފާގެ މަތިން ކަމަށްވެސް ހައިދަރު ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ...