ހަ މަސްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި، އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިިން ކޮންމެ ދެ މަހަކުން ނަސީބުވެރިއަކު ހޮވައި އައިފޯން 15 ޕްރޯ މެކްސް އެއް ދޭނެ އެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު 1،500ރ. އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްތައް އެމް-ފައިސާއިން ކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީޑްރޯ އަށް ދާނެ ކަމަށެވެ.
އެމް-ފައިސާއަށް ރަޖިސްޓްރީ ކުރެވޭނީ އުރީދޫ އެޕް ޑައުންލޯޑްކޮށްގެންނެވެ. އެ ހިދުމަތް މެދުވެރިކޮށް ޔޫޓިލިޓީ ބިލްތަކާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ. އަދި އުރީދޫއިން ޕާޓްނާޝިޕް ހަދާފައިވާ ވިޔަފާރިތަކާ ގުޅުންހުރި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.