އާއިލާ އާ ހަވާލާދީ ފުލުހުން މިއަދު ބުނީ ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދާ އަބްދުﷲ އިބްރާހީމް އާއިލާއަށް ގުޅައި އޭނާ ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅު ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަބްދުﷲ އިބްރާހީމް މިމަހުގެ ދެ ވަނަ ދުވަހު ގެއިން ނިކުމެގެން ދިއުމަށް ފަހު ހަބަރު ނުވެގެން، އާއިލާއިން މިމަހު ތިން ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.
ފުލުހުންގެ އިދާރާއިން އަބްދުﷲ ހޯދުމަށް މިމަހުގެ ހަތަރު ވަނަ ދުވަހު އިއުލާން ކޮށްފައިވެ އެވެ.