ތިން ވަނަ ޓަވަރަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރި މަސައްކަތުގެ ތެރެއިން - ފޮޓޯ:ސްޓެލްކޯ
ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ބައިތައް ބަދަލުކޮށް ކަރަންޓު އަލުން ދީފި
އަލިފާނުގެ ހާދިސާ އާ ގުޅިގެން ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ބައިތައް ބަދަލު ކުރުމަށްފަހު ހިޔާގެ ޓަވަރު ތިނަކަށް އަލުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ‏އަލިފާނުގެ ހާދިސާ އާ ގުޅިގެން ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ބައިތައް ބަދަލު ކުރުމަށްފަހު ހިޔާގެ ތިން ވަނަ ޓަވަރަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެ ޓަވަރުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި