ފުލުހުން ބުނީ މިއަދު މަރުވީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ އޭނާ ދަތުރު ގޮސްގެން އުޅެނިކޮށް ހާލު ދެރަވުމުން މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ. އެއްރުށްހެރާ އިން މި މީހާ ފޭދޫ އަށް ގެންދިޔައީ ސިފައިންގެ ކޯސްޓްގާޑް އުޅަނދެއްގަ އެވެ.
އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.