އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ސްރިލަންކާ ރަައީސް ރަނީލް ވިކްރަމަ ސިންގހާގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަޑް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.
ޝާހިދުގެ އިތުރުން އިންތިހާބީ ރައީސްގެ ފަރާތުންވެސް ހާއްސަ ޓީމެއްވަނީ ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގަންނަވާފައެވެ.
ރަނީލްގެ މިދަތުރުފުޅަކީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ.
އެންމެ ފަހުން އެމަނިކުފާނު ރާއްޖެވަޑައިގެންފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެންނެވެ.