އާރުޓީއެލް ބަހެއް: ހުވާކުރާ ޖަލްސާ އާ ގުޅިގެން އެމްޓީސީސީ ބަހުގެ ހިދުމަތް ދެ ރޫޓަކުން ވަނީ މެދުކަނޑާލާފައި - ފޮޓޯ:އެމްޓީސީސީ
ހުވާކުރާ ޖަލްސާއަށް އެމްޓީސީސީ ބަހުގެ ހިދުމަތް ދެ ރޫޓަކުން މެދުކަނޑާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓާ އަދި ސޯސަަން ރޫޓުގެ ބަހުގެ ހިދުމަތް ދެ ދުވަހަށް މެދުކަނޑާލައިފި އެވެ.

އެމްޓީސީސީން ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާ ގުޅިގެން އެކުންފުނިން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓާއި ސޯސަަން ރޫޓުގެ ބަހުގެ ހިދުމަތް މިއަދު ހަވީރު 04:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް މެދުކަނޑާލެވޭނެ ކަމަށެވެ.

މި ދެ ރޫޓުގެ ބަސް ދަތުރުގެ ހިދުމަތް މެދުކަނޑާލަން އެމްޓީސީސީން ނިންމާފައި ވަނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ޖަލްސާ މާދަމާ ހަވީރު އޮންނާތީ މާލޭގެ ބައެއް މަގުތައް ދިވެހި ފުލުހުންގެ ހިދުމަތުން ބަންދުކުރުމަށް ނިންމާފައިވާތީ އެވެ.

ބަސް ދަތުރުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި