ފުރަތަމަ ބުރުގައި ވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވި އުގައިލު މިއަދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން ވޯޓު ދޭން ބޭނުންވަނީ އެޕާޓީއަށް ކަމަށެވެ.
ފުރަތަމަ ބުރުގައި އުގައިލު ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވުމުން އުގައިލަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ތާއީދުގެ ބަދަލުގައި އުގައިލު ނާޖާއިޒު މަންފާތަކެއް ހާސިލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.