ފުލުހުން ގެއްލިގެން ހޯދަން އިއުލާނު ކުރި އަލީ ރިޝާން: އޭނާ ވަނީ އަމިއްލައަށް އާއިލާއަށް ގުޅާފައި --
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލައަށް އާއިލާއަށް ގުޅައިފި އެވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔައީ އއ.މާޅޮހަށް އުފަން އަލީ ރިޝާންއެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ގުޅާ ހާލު އޮޅުންފިލުވައިދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އުމުރުން 21 އަހަރުގެ އަލީ ރިޝާން ގެއްލިގެން އުޅޭކަމުގެ ރިޕޯޓު އާއިލާއިން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި އޭނާގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ބުނެއެވެ.

މި ފަހުން އެކި ރަށްރަށުންނާއި މާލޭ ސަރަހައްދުން ވެސް މީހުން ގެއްލިގެން ހޯދަން ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވެއެވެ.



0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި