އެމްޓީސީސީން ބުނީ ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 19،789 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.