އާބަންކޯއިން މިއަދު ބުނީ ތިން މަސް ދުވަހުގެ ތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެ ކަމަށެވެ. އަދި ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ ވިނަރެސް އެޕާޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާ އެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށެވެ.
އާބަންކޯއިން ބުނި ގޮތުގައި 10 ޓަވަރުގެ ވިނަރެސް މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެއް ކަމުގައެވެ.