ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންނަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ދައުރަށް ހުރަސް އެޅި ޕީޕީއެމް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން ހައްޔަރުކޮށްފައިވާ ޕީޕީއެމް މީހަކީ، ގދ. ވާދޫ ޗިޗަންޑާ އިނާޝް އަބްދުﷲ އެވެ. އޭނާގެ އުމުރަކީ 32 އަހަރެވެ. 

އޭނާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެއްކަން އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. އިނާޝް އަބްދުﷲގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ. 

މި ތުހުމަތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ މާލޭން، ހުކުރު ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި ހޮނިހިރު ދުވަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. 

ބަންދު މުއްދަތު މަޖިލީހުގައި މި މީހާ ބުނެފައިވަނީ އޭނާއަކީ ސްކިޒޮފްރޭނިއާގެ ޕޭޝަންޓެއް ކަމަށެވެ. އޭނާ އެހެން ބުނާތީ ފުލުހުންގެ ފަރާތުން އެކަން އޮޅުން ފިލުވުމަށް ޖެންޑާ މިނިސްޓްރީއަށް ލިޔުނު ކަމަށާއި އެފަދަ ކަމެއް އޭނާގެ ފަރާތުން ފެނިފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީއާ ހަވާލާދީ ފުލުހުން ކޯޓުގައިވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި