އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 654 މިލިއަން ޑޮލަރަށް ވަނީ އަރާފައި - ފޮޓޯ:ރޮއިޓާސް
އޮގަސްޓް މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ 654 މިލިއަން ޑޮލަރަށް
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 654.7 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ 11 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 588.5 މިލިއަން ޑޮލަރެވެ.

މިދިޔަ މަހުގެ ނިޔަލަށް ޑޮލަރު އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީއިންނެވެ. އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި 397.1 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 62.9 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނީ 52.5 މިލިއަން ޑޮލަރެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 44.7 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 44.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އޭގެ އިތުރުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 43.8 މިލިއަން ޑޮލަރެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި