ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ ހއ. ދިއްދޫ / ގުލްފާމްގެ، އިސްމާއީލް މާހިރު (50އ) ކަމަށެވެ. އޭނާ ދިރިއުޅެމުން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ސްޓެލްކޯ ޓަވަރުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ އީސްމާއީލްގެ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.
އިސްމާއިލް އިއްޔެ ހުކުރަށް ދާން ގެއިން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށާއި އޭރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މާހިރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.