ފުލުހުން ބުނެފައިވަނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:02 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މީހާއަކީ އުމުރުން 68 އަހަރުގެ ސިންގަޕޫރު މީހެއް ކަމަށާއި އަދި މިއީ ޖޮގިންއަށް ނުކުމެ އުޅުން މީހެއް ކަމަށް ބެލެވޭކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.