ޕީޖީ ޝަމީމް
ޕީޖީ އޮފީހާ ގުޅުވައި ފަތުރަނީ ދޮގު ވާހަކަ: ޕީޖީ
"ސަރުކާރުގެ ބައެއް ވެރިން އޮފީސްތައް ހުސްކުރަން ފަށައިފި" މި ސުރުޙިގެ ދަށުން އޮންލައިން ނޫހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނިސްބަތްކޮށް ލިޔެފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަހި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެއްޗެއް ކަމަށެވެ. 

މައްސަލަތަކުގެ ލިޔުންތަކަކީ ޕީޖީ އޮފީހުގެ އިތުރުން ތަހުގީގީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ޕީޖީ އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެކެވެ. އަދި އެ އޮފީހުގެ ލިޔުންތަކަކީ ޑިޖިޓަލް އަދި ފިޒިކަލް އާރކައިވް ކުރެވޭ ތަކެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި