ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ހޯދަން ސްކޭމެއް ހިންގާތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:އަމީނިއްޔާ ސްކޫލް
ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ހޯދަން ސްކޭމެއް
ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަމުން ގެންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރުންނަށް އަމާޒުކޮށް ސާވޭ ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދަމުން ގެންދާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބޭ ކަމަށެވެ.

މިފަދަ ރަސްމީ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކި ސްކޭމްތައް ހިންގުމަށް ނުވަތަ އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތުތަކެއް ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ފުލުހުން ވަނީ މިފަދަ ޒާތީ މައުލޫމާތު ހިމެނޭ ލިއުންތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުުރުމަށް އިލްތިމާސްކޮށްފައެވެ.

މިފަހަކަށް އައިސް އެކި ނަންނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާއިރު، ބައެއް ފަހަރު ޒާތީ މައުލޫމާތު ހޯދައިގެން އެހެން މީހެއްގެ ނަމުގައި ސްކޭމްތައް ހިންގައެވެ. އެގޮތަށް ހިންގާ ސްކޭމްތަކުން އެތައް ބަޔަކަށް މާލީ ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.

އެކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ޒާތީ މައުލޫމާތު އިތުބާރު ނުކުރެވޭ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށް އެދެމުންނެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި