ހުޅުމާލެ ފޭސްޓޫ ހިޔާ ފްލެޓްތައް
ހިޔާ ފްލެޓުގެ ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ހިޔާ ފްލެޓުގެ ބެލްކަނީގައި ކުޑަ ފިރިހެން ކުއްޖަކު ތަޅުލައި، ބަންދުކުރި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

ރޭ މީސް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެނިގެން ދަނީ ހިޔާ ފްލެޓްގެ ބެލްކަނީގެ ބޭރުގައި ކުއްޖަކު ވަރަށް ބާރަށް ރޮއެ، މަންމައަށް ގޮވާ އަޑު ވެސް ވީޑިއޯއިން އިވެ އެވެ. އަދި އެ ކުއްޖާ ބެލްކަނީ ދޮރުގައި ޖަހާ ތަންވެސް ފެނިގެން ދެއެވެ. އަދި އެ ދޮރު ހުޅުވަން މަސައްކަތް ކުރާ ތަންވެސް ފެނިގެން ދެއެވެ. 

މި ވީޑިއޯ ވައިރަލްވުމާއެކު މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސިއެމް)އިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ، ކުޑަ ކުއްޖަކު ބެލްކަނީގައި ތަޅުލި މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ބަލަމުން ދާކަމަށެވެ.

ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ އެކުދިންގެ ކަރާމާތައް ސީދާގޮތުން އަސަރުކޮށްފާނޭ ކަމަކަށް ވާތީ، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

"އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ދަންނަވަން،" އެޗްއާރުސީއެމުން ބުނެފައި ވެއެވެ.
0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި