ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓު މިދިޔަ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު އާއްމުކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމު ކަމާލުއްދީން އިއްޔެ، ފްލެޓާއި ގޯތި ލިބޭ ބައެއް ފަރާތްތަކާއި ބައްދަލުކޮށް ވިދާޅުވެފައިވަނީ ފްލެޓުތަކުގެ ދާއިމީ ލިސްޓު އަންނަ ހަފުތާގައި ނެރެވޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލުޓަށް 20،697 މީހުން ކުރިމަތިލާފައިވާ އިރު އޭގެތެރެއިން 13000 އަށް ވުރެ ގިނަ މީހުން ޝަރުތު ފުރިހަމަވެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކަށް 14489 މީހަކު ކުރިމަތިލާފައިވާ އިރު، ދެ ކޮޓަރީގެ އެޕާޓުމެންޓުތަކަށް 6208 މީހަކު ކުރިމަތިލާފައިވެއެވެ.