ގދ.ތިނަދޫ
ތިނަދޫއިން ގޯއްޗަށް އެދި 300 އަށްވުރެ ގިނަ މީހުން ފޯމްލައިފި
ގދ.ތިނަދޫން ހުޅުވާލައިފައިވާ 150 ގޯއްޗަށް 300 އަށްވުރެ ގިނަ މީހުން ފޯމް ލައިފި ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.

މިފަހަރު ތިނަދޫން ގޯއްޗަށް ހުޅުވާލީ ހަރުކަށި ޝަރުތު ތަކެއް ކަނޑައަޅައި 5 އަހަރުތެރޭ ގޯތީގައި ގެދޮރު އިމާރާތްކޮށް ނުނިންމާ ނަމަ ގޯތި ވަކިކުރާ ގޮތަށެވެ.

ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ މިފަހަރު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 300 މީހުން އެދިފައިވީ ނަމަވެސް މިހާރު ގޯއްޗަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައިވުމާއެކު އެ އަދަދު އަދި އިތުރުވާނެ ކަމަށެވެ. 

މިހާރު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު އިތުރު ކޮށްފައި މިވަނީ . އެހެންވީމަ އަދި އިތުރު ފޯމްތައް އަންނާނެ ކަމަށް ފެންނަނީ - ސައުދު

ތިނަދޫން ގޯއްޗަށް ހުޅުވާލާފައިވާއިރު ތިނަދޫގައި ރޯހައުސް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ކައުންސިލުން ބުނެއެވެ. 

ރޯ ހައުސްތަކުގެ ބިންގާ އެޅުމަށްފަހު ރޯ ހައުސްއަށް އެދުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް ކައުންސިލުން ބުނެއެވެ. މި ރޯހައުސްތައް، އެ ގެތައް ލިބޭ ފަރާތްތަކުން ގެތައް ހަދަމުންދާއިރު ބެލޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ތިނަދޫގައި ހަދަން ހަމަޖެހިފައިވަނީ 200 ރޯހައުސްއެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި