އެމްއެމްސީ މެމްބަރުން- ފޮޓޯ: އެމްއެމްސީ
ނުސްވެރިންގެ އިނާމަށް ހުށައެޅޭނެ ގޮތްހާމަކޮށްފި
ނޫސްވެރިންގެ އިނާމަށް ހުށައެޅޭނެ ގޮތް މޯލްޑިވްސް މީޑިޔާ ކައުންސިލުން ހާމަ ކޮށްފި އެވެ.

އެމްއެމްސީން ބުނެފައިވަނީ މީޑިޔާ ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިނާމުދެވޭނީ މީޑިޔާ ތަކުގައި ކަނޑައެޅިފައިވާ ހަމަތަކާއި، އަހުލާގީފެންވަރު ބެލުމަށްފަހު، ކަމަށެވެ. އަދި މިއީ ނޫސްވރިން ކުރާ، މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރެއްގަވެސް ދެވޭ އިނާމެއް ކަމަށް އެމްއެމްސީން ވަނި ބުނެފައެވެ.

ނޫސްވެރިންނަށް އިނާމަށް ކުރިމަތިލެވޭ ދާއިރާތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކަނޑައަޅާފައިވާ ދާއިރާ ތަކުގެ ތެރޭގައި ތަހުގީގު ނޫސްވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިޖުތިމާއީ ދާއިރާ އާއި، ސިޔާސީ ދާއިރާވެސް ހިމެނޭ ކަމަސް އެމްއެމްސީސން ވަނީ ފާހަގަކޮށްފައެވެ.

އަދި މީގެ އިތުރުން އިތުރު ދާއިރާ ތަކެއްވެސް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި ޝަރުއީ ދާއިރާ އާއި، ގާނޫނީ ދާއިރާ އާއި، ވިޔަފާރިއާއި އިގްތިސާދާއި، ކުޅިވަރާއި، ފޮޓޯ ޖާނަލަޒިމް އާއި، ވީޑިއޯ ޖާނަލިޒަމްގެ އިތުރުން ގްރެފިކްސްއާއި، އިލެސްޓްރޭޝަން އާއި، ފީޗާ އާއި، އުއްމީދީ ނޫސްވެރިޔާ އަށް ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުވެސް ހިމެނޭ ކަމަށް އެ ކަައުންސިލުން ބުނެފަވެއެވެ.

ނޫސްވެރިކަމުގެ އިނާމު ދިމުނުގައި ދާއިރާ ތަކަށް ހުށައަޅާ ހުށައެޅުންތަކަށް ، އިވެލިއުއޭޓްކޮށް އިންސާފު ކުރާނީ އެމްއެމްސީން ނެރެފައިވާ އުސޫލުގެ 20ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ ފަޑިޔާރުންގެ ޕެނަލަކުން ކަމަށްވެސް ވަނީ ބުނެފައެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި