އިއްޔެ މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ 100 ބަކަރި ކަތިލައި އާމުންނަށް ހަދިޔާ ކުރުމަށެވެ.
ސިޓީކައުންސިލް މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ގިނަ ސްޕޮންސަރުން ހޯދައިގެން ވަރަށް ފުޅާކޮށް އީދުގައި އެ ހަރަކާތް ހިންގަން ނިންމާފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔައަހަރު ބޮޑުއީދުގައި އުރީދޫއާ ގުޅިގެން ކުޑަގޮތަކަށް އުލްހިޔާ ކަތިލުން ކުރިއަށް ގެންގޮސްފައިވއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު ސްޕޮންސަރުން ހޯދުމުގެ މަސައްކަތ ްކުރަމުން ގެންދާ ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގައި ބަކަރި ބޮޑުއީދުގައި ބަކަރި ކަތިލަން ނިންމީ ބައްދަލު ވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ޖޫން މަހުގެ 28 އެވެ.