މާފަރު އެއާޕޯޓް
އެކްސްކަވޭޓަރެއް ދަށުވެ މީހަކު މަރުވެއްޖެ
ނ މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލި ހާދިސާއެއްގައި އޭގެ ދަށުވެ އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާފަރު ރަންވޭ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު އެރަށު ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ އެކްސްކަވޭޓަރު ދުއްވި އޭގެ ޑްރައިވަރެވެ.

އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

0%
އުފާވި
75%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
0%
ރުޅިއައި