އޮޕަރޭޝަނެއްގައު ކުރިން އަތުލާގަތް ހެރޮއިން: ފޮޓޯ ސީޕީ
ކަނޑު އަޑިން 45 ކިލޯގެ ހެރޮއިން ނަގައިފި
ފ އަތޮޅުގައި ކަނޑުއަޑިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަނުގައި 45 ކިލޯގެ ހެރޮއިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފ ފިލިތެޔޮ ރިސޯޓް ކައިރިން ކަނޑަށް ގިނަ އަދަދެއްގެ މަސްތުވާތެކެތި ފައްތާފައި ހުރި ކަމުގެ ރިޕޯޓް ލިބުމުން ފުލުހުން އޮޕަރޭޝަން ފެށީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިހާރު އެ އޮޕަރޭޝަން ނިންމާލާފައިވާކަމަށާއި އެތަނުން މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ 45 ކިލޯ ހޯދިފައިވާ ކަމަށެވެ.

މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް މިގޮތަށް މޫދަށް ފައްތާފައި ހުންނަ މަސްތުވާތެކެތި ރާއްޖެއިން ފެނިފައި ވެއެވެ. 

64%
އުފާވި
9%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
27%
ރުޅިއައި