ރާއްޖެ ސަރަހައްދުން ފެނުނު ބޭރުގެ މަސް ބޯޓެއް -- އެމްއެންޑީއެފް ފައިލް ފޮޓޯ
ރާއްޖެ ސަރަހައްދަށް ވަތް މަސް ބޯޓެއް އަތުލައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން މިއަދު އަތުލައިގެންފި އެވެ.

ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ އުޅަނދެެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.

ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ނުދެއެވެ.

ދޭތެރެ ދޭތެރެއިން މިގޮތަށް ރާއްޖޭ ކަނޑުގެ ސަރަހައްދުން ގަވާއިދަ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް އަތުލައި ގަނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި