ޓެކްސީތަކެއް…
ހިދްމަތްދޭ ވަގުތުތަކުގައި ޓެކްސީގައި ކެމެރާ ހުންނަންޖެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފި
ހިދުމަތް ދޭ ހުރިހާ ވަގުތެއްގައި ޓެކްސީގައި ކެމެރާހަރުކޮށްފައި ބަހައްޓަން ޖެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

އެގަވައިދުގައި ވާގޮތުން ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ވަނީ ލާޒިމް ކޮށްފައެވެ.

މި ގަވާއިދު އާއްމުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. އެ ގަވާއިދުގައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އެ ގަވާއިދު އިސްލާހުކޮށް، ގަވާއިދަށް އަމަލު ކުރުން ވަނީ މި މަހަށް ވަނީ ފަސްކޮށްފައެވެ.

ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި ޑްރައިވަރާއި ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތުތަކެއްގައި ކެމެރާއިން މަންޒަރުތައް ރެކޯޑުކުރަން ޖެހޭ ގޮތަށް އެ ގަވައިދުގައި ވއެވެ. 

7 ދުވަހަށް ރެކޯޑްކުރެވޭ ޑޭޓާތައް ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ޓެކްސީއެއް ރަޖިސްޓްރީ ކޮށްފައިވާ ޓެކްސީ ސެންޓަރަކުންނެވެ.

އެގަވާއިދުގައިވާގޮތުން ޓެކްސީގެ ބިއްލޫރިތައް ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަށް ބަލާއިރު އެތެރޭގައި ތިބޭ ފަސިންޖަރުން ފެންނަ ވަރަށެވެ. އަދި ޓެކްސީގައި ދަތުރު ކުރާ ފަރާތްތަކަށް މަންޒަރުތައް ރެކޯޑް ކުރަމުންދާކަން ޓެކްސީ ޑްރައިވަރު އަންގަން ޖެހޭ ކަމަށްވެސް ގަވާއިދު ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި