ރ. މަޑުއްވަރީ، ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ)
ބިރުދެއްކި މައްސަލާގައި ސަމީން ހައްޔަރުކޮށްފި
މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ރ. މަޑުއްވަރީ، ދެތަނޑިމާގެ، އުމުރުން 34 އަހަރުގެ އިބްރާހިމް ސަމީން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ، މިމައްސަލަ އާ ސަމީން ހޯދުމަށް އިއުލާނު ކުރީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ އޭނަ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމުން ކަމަށެވެ.

އޭނާ ހޯދަމުން ދިޔައީ މިމަހުގެ ދެ ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި