ޖިންސީ ގޯނާގެ އަމަލު ރަމްޒުކޮށްދޭ ފޮޓޯއެއް---
ގްރޭޑް 8 ދަރިވަރަށް ޖިންސީގޯނާކުރި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ
އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން އެނގިއްޖެ އެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރަކަށެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ބަލަމުންނެއެވެ.

މައްސަލަ ފެންމަތިވުމާއި އެކު ޖެންޑާ މިނިސްޓްރީ ވަނީ އަންހެން ކުއްޖާ މޭލެ ގެނެސްވަނީ ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. މި އަންހެން ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު 19 މީހަކަށް ކުރެވޭއިރު ކަމަށް ބުނެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހެޅުނު މިމައްސަލަ ބަލަމުން ދާކަމަށް ބުނި ނަމަވެސް މިމައްސަލާގައި މިހާތަނަށް ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި