އާއްމު ވެފައިވާ ވީޑިއޯއެއްގައި ފެންނަނީ މާފަންނު ފިހާރަޔަކުން ވައްކަންކުރި ކަމަށް ބުނާ މީހެއްގެ ގަޔަށް ބަޔަކު ދަވާދުއަޅާ އޭނާގެ ގައިގައި ދަވާދު އުނގުޅާ މަންޒަރެވެ.
މި ވީޑިއޯ އާއްމުވުމުން ގިނަ ބަޔަކުވަނީ އެކަން ކުރި މީހުނަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެއީ ލާއިންސާނީ އަނިޔާކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އެކަމުގެ ރިޕޯޓް ލިބުމުން ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެސަރައްހައްދުގެ ސީސީޓީވީ ފްޓޭޖްތައް ބަލަމުން ގެންދާކަމަށާއި ވައްކަންކުރި ކަމަށްބުނާ މީހާއާއި އޭނާއަށް ލާއިންސާނީ އަނިޔާދިން މީހުން ދެނެގަތުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.