ފުލުހުން ބުނީ ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ހާޒިރުކުރި މީހެއްކަމަށެވެ. އޭނާ ފިލީ ރޭ ދަންވަރު 12:57 އެހާއިރުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހާ ހޯދާ މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމައްސަލާގައި ފުލުހުން އަދި އިތުރު ތަފްސީލެއް ނުދެއެވެ.