ޅ. ކުރެންދޫ / ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ)
ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޅ. ކުރެންދޫ ހުދުފަޅު، ޢަބްދުއްނާފިއު އިބްރާހިމް، 17، އެވެ.

މި މައްސަލަ ހުޅުމާލޭ ފޭސް 2ގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އާއިލާގެ ފަރާތުން އޭނާ ވީ ތަނެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. 

އެހެންނަމަވެސް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުން އަދި މިހާތަނަށް ނާފިއު ފެނިފައެއް ނުވެއެވެ.

އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން، 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
100%
ދެރަވި
0%
ރުޅިއައި