ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުއެއްގައި ފިއްޓެ ބުނީ އޭނާ ކުޑައި ރޯދަ މަސްތަކުގައި މާލޭ މަގުމަތީގައި ރޯދަ ކުރުކުރަން ހިނގާލާ ކަމަށެވެ. އޭރު މާލެއަކީ ދިރިއުޅެން ރަނގަޅު ތަނެއްކަމަށް ފިއްޓެ ބުންޏެވެ.
ފިއްޓެ ބުނީ އޭނާގެ ރޯދަމަހުގެ ހަނދާންތަކާއި ކުޑައިރުގެ ހަނދާންތައް މާލެއާ ގުޅިފައިވީނަމަވެސް މިހާރު މާލެއަކީ "ނޭވާލާން އޮކްސިޖަން ވެސް ނުލިބޭ" ތަނެކެވެ. މިހެންކަމުން ފިއްޓެ ބުނީ އެނާ މިހާރު ދިރިއުޅެނީ "ނޭވާ ލެވޭވަރުގެ ރަަށްރަށުގައި" ކަމަށެވެ.
ފިއްޓެ ވަނީ އެނާގެ ގިނަ އާޓިސްޓިކު ހުނަރުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި، އެކްޓިން، ލަވަކިއުން، ކްރިއޯގްރާފީ، ކުރެހުން އަދި ކެއްކުން ހިމެނެވެ.
ފިއްޓެ ދީފައިވާ އިންޓަވިއު ބައްލަވައިލެއްވުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.