އާޒިމް މިއަދު ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާތީއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި މިއަދު 12:00 އަށް ހަމަވިއިރު، ޓިކެޓަށް އެދި ކުރިމަތިލެއްވީ އެޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެކަނިކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ބުނެފައެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ރޭގެ ނިޔަލަށް ވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.
ނަމަވެސް ޓިކެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވިއިރު، ގާސިމް ކުރިމަތިލެއްވިކަން އެޕާޓީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ގާސިމް ފިޔަވައި އެހެން ބޭފުޅަކު ޓިކެޓަށް އެދި ހުށަހަޅުއްވާފައެއް ނުވެއެވެ.
އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވާނީ ގާސިމް އިބްރާހީމެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު 9 ގައެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.