ތިލަފުށި----
ބިން ވިއްކަން އުޅުނު މަކަށްބުނާ އެޗްޑީސީ މުވައްޒަފު ވަކިކޮށްފި
ތިލަފުށިން ބިމެއް ވިއްކާލަން އުޅުނުކަމަށް ބުނާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފު ވަޒީފާއިން ވަކިކޮށްފި އެވެ.

މިމައްސަލާގައި މިމަހުގެ 15 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވަނީ އެކޯޕަރޭޝަންގެ އަންހެން މުވައްޒަފެކެވެ.

އެޗްޑީސީން ބުނީ ބިން ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާ އެކޯޕަރޭޝަންގެ މުވައްޒަފު އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަ ކަމަށެވެ.

"މި ކޯޕަރެޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ފާހަގަވި ހިސާބުން މި މައްސަލަ ބެލުމަށް ފަހު، ފިޔަވަޅު އަޅާ މިކަމުގައި ޝާމިލުވާ މުވައްޒަފު 29 މާރިޗު 2023 ވަނަ ދުވަހު މި ކޯޕަރޭޝަނުން ރަސްމީކޮށް ވަކިކޮށްފައި" - އެޗްޑީސީ

މިމައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިލިއަނެއްހާ ރުފިޔާއަށް އެޗްޑީސީގެ މުވައްޒަފަކު ބިމެއް ވިއްކާލިކަމަށް ބުނެއެވެ. ނަމަވެސް ފަހުން އެކޯޕަރޭޝަނުން ބުނީ ބިން ވިއްކާފައި ނުވާކަމަށެވެ.

50%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
50%
ރުޅިއައި