އެސްޓީއޯއިން އަންހެނުންގެ ދުވަހާ ގުޅިގެން އިއުލާނުކުރި ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ:އެސްޓީއޯ
އެސްޓީއޯއިން އަންހެނުންގެ ދުވަހު އިއުލާނުކުރި ސްކޮލަޝިޕްތަކުގެ މައުލޫމާތު ދީފި
މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވާ ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާނުކުރި ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތެއް އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

އެސްޓީއޯއިން ބުނީ ސްކޮލަޝިޕްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުން މާލޭގެ އާޓިފިޝަލް ބީޗް، ރަސްފަންނު، އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ކައިރީގަ އާއި އުސްފަސްގަނޑު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ސަރަހައްދުތަކުގެ އިތުރުން ހުޅުމާލެ ފިޔަވަހި އެކެއްގެ ރުއްގަނޑު ސަރަހައްދުގަ އާއި ފިޔަވަހި ދޭއްގެ ހިޔާ ފްލެޓު ސަރަހައްދުގައިވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް އެސްޓީއޯގެ މުވައްޒަފުން ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

your imageއެސްޓީއޯއިން އަންހެނުންގެ ދުވަހާ ގުޅިގެން އިއުލާނުކުރި ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ:އެސްޓީއޯ

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވާ އެސްޓީއޯއިން އިއުލާނުކޮށްފައިވަނީ އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިން އަދި ސެޓްފިކެޓް ތްރީ އިން އިލެކްޓްރޯނިކްސްގެ ކޯހަށެވެ. މި ކޯސްތައް ފުރިހަމަކުރުމުން، އިތުރު އިނާޔަތްތަކާ އެކު 14،000 ރުފިޔާ އާއި 18،000 ރުފިޔާ އާ ދެމެދުގެ މުސާރައެއް ލިބޭ ވަޒީފާ ޔަގީންކޮށްދޭ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

your imageއެސްޓީއޯއިން އަންހެނުންގެ ދުވަހާ ގުޅިގެން އިއުލާނުކުރި ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގައި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވަނީ 15 ބައިވެރިންނަށް ކަމަށާއި ކޯސް ފުރިހަމަ ކުރުމުން އެލެވޭޓާ ޓެކްނީޝަން، ސާވިސް ސަޕޯޓް ޓެކްނީޝަންސް ނުވަތަ ޕްރޮޑަކްޓް ސްޕެޝަލިސްޓެއްގެ ވަޒީފާ އަދާކުރެވޭނެ ކަމުގައެެވެ.

50%
އުފާވި
50%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި