ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ އިންޑިޔާ މީހަކު ހައްޔަރުކޮށްފި
ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި މާލޭން އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ އުމުރުން އެންމެ 20 އަހަރުގެ އިންޑިޔާ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދު ކޮށްފައި ބެހެއްޓުމަށްވަނީ ހުކުރު ދުވަހު މުއްދަތު ޖަހާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ އޭނާ ރާއްޖެ ގެނައި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެކެވެ. ހިއުމަން ޓްރެފިކިންގެ ތުހުމަތު ކުރެވޭ އިންޑިޔާގެ މި މީހާއާއެކު ގިނަ ބަޔަކު ޝާމިލްވެގެން އިންތިޒާމް ކުރެވިގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުށުގެ އަމަލުތައް ހިންގާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އެކަމުގެ ޝިކާރައަކަށް އެތައް ބަޔަކު ވެފައިވެއެވެ.

ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ އިންޑީޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އިންޑީޔާ މީހަކު ޑީޕޯޓްކޮށްލި މައްސަލައެއް މި ދޭތެރެއިން ފެންމަތިވެފައިވެއެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި