ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން ދޯހާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގަތަރުގެ ހޯމް މިނިސްޓަރާ ބައްދަލު ކުރެއްވީ ކަމަށެވެ.
އެމަނިކުފާނު ކުރި ޓުވީޓެއްގައި ހާމަކުރައްވާފަވަނީ އެ ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އިމްރާން ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 13 އިން 15 ގެ ނިޔަލަށް ގަތަރުގައި ބޭއްވި " ގްލޯބަލް ހެކިއުރިޓީ ފޯރަމް " ގައި ބައިބެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.